Loading...
Language: Dhivehi
اَللَّهُمَّ مٰلِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ رَحْمَانُ الدُّنْيَا وَالْآخِرَةِ وَرَحِيْمَهُمَا تُعْطِيْهِمَا مَنْ تَشَاءُ وَتَمْنَعُ مِنْهُمَا مَنْ تَشَاءُ ارْحَمْنِيْ رَحْمَةً تُغْنِيْنِيْ بِهَا عَنْ رَحْمَةِ مَنْ سِوَاكَ
އޭ ﷲ! ވެރިކަމުގެ މިލްކުވެރި ރަސްކަލާނކޮ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަން ވަނީ އިބަރަސްކަލާނގެ ޔަދުޤުދުރަތުގައެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ދުނިޔެއާއި އާޚިރަތުގެ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާނކޮ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ދެދުނިޔޭގެ ރަޙްމަތް ދެއްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ނުދެއްވައި ހިފަހައްޓަވަމުއެވެ. އިބަރަސްކަލާނގެ ފިޔަވައި އެހެން ފަރާތެއްގެ ރަޙްމަތަށް ބޭނުން ނުވާނޭ ފަދަ ރަޙްމަތެއް މިއަޅާއަށް ލައްވާނދޭވެ!
Reference: ޙަސަން (އަލްބާނީ). ޞަޙީޙުއް ތަރްޣީބް: 1821