Loading...
Language: Dhivehi
ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ވިދާޅުވިއެވެ. ރަސޫލުﷲ (ﷺ) މި ދުޢާ ކުރައްވައި އުޅުއްވިއެވެ:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ، وَفِتْنَةِ الْقَبْرِ، وَعَذَابِ الْقَبْرِ، وَشَرِّ فِتْنَةِ الْغِنَى، وَشَرِّ فِتْنَةِ الْفَقْرِ، اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، اَللَّهُمَّ اغْسِلْ قَلْبِي بِمَاءِ الثَّلْجِ وَالْبَرَدِ، وَنَقِّ قَلْبِي مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكَسَلِ وَالْهَرَمِ وَالْمَأْثَمِ وَالْمَغْرَمِ
އޭ ﷲ! ހަމަކަށަވަރުން ނަރަކައިގެ ފިތުނައިންނާއި، ނަރަކައިގެ ޢަޛާބުންނާއި، ކަށްވަޅުގެ ފިތުނައިންނާއި، ކަށްވަޅުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މުއްސަނދިކަމުގެ ނުބައި ފިތުނައިންނާއި، ފަޤީރުކަމުގެ ނުބައި ފިތުނައިން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ﷲ! ފެނާއި، ގަނޑުފެނާއި، (ވާރޭގެ) ތުނި ގަނޑުފެނުން މިއަޅާގެ ފާފަތައް ދޮވުއްވާނދޭވެ! އަދި ހުދު ފޭރާމެއް މިލައިން ސާފުކުރައްވާ ފަދައިން، މިއަޅާގެ ހިތް ކުށްފާފަތަކުން ސާފުކުރައްވާނދޭވެ! އަދި އިރުމައްޗާއި ހުޅަނގާ ދެމެދު ދުރުކުރެއްވި ފަދައިން، މިއަޅާއާއި މިއަޅާގެ ކުށްފާފަތަކާ ދެމެދު ދުރުކުރައްވާނދޭވެ! އޭ ﷲ! ހަމަކަށަވަރުން ކަންނެތްކަމާއި، މުސްކުޅިވުމުން (އަންނަ ބަލިކަށިކަމާއި)، ފާފަވެރިވުމާއި، ދަރަނިވެރިވުމުން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ.
Reference: ޞަޙީޙް. ތިރްމިޒީ: ٣٤٩٥