Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "އަޅަކަށް ހިތާމައެއް ނުވަތަ މޮޅިވެރިކަމެއް ޖެހި، މި ދުޢާ ކިޔައިފިނަމަ، ﷲ އޭނާގެ ހިތާމަ ފިލުއްވައިދެއްވާނެއެވެ:"
اَللَّهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ، وَابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُــــلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي
އޭ ﷲ! ހަމަކަށަވަރުން މިއަޅާއީ އިބަރަސްކަލާނގެ އަޅަކީމެވެ. އަދި އިބަރަސްކަލާނގެ އަޅެއްގެ ދަރިއަކީމެވެ. އަދި އިބަރަސްކަލާނގެ އަޅުއަންހެނެއްގެ ދަރިއަކީމެވެ. މިއަޅާގެ ނިތްކުރި ވަނީ އިބަރަސްކަލާނގެ ޔަދުޤުދުރަތުގައެވެ. މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ޙުކުމްފުޅު ހިނގަހިނގާ ހުންނާނެއެވެ. މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ނިޔާފުޅު ވަނީ ޢަދުލުވެރިވެގެންނެވެ. އިބަރަސްކަލާނގެ އަމިއްލަ ޛާތުފުޅަށް ނަންދެއްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ފޮތުގައި ބާވައިލައްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ޚަލްޤުތަކުންކުރެ މީހަކަށް އުނގަންނަވައިދެއްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ޙަޟްރަތުގައިވާ ޣައިބުގެ ޢިލްމުގައި އިބަރަސްކަލާނގެ ޚާއްޞަކުރައްވާފައިވާ އިބަރަސްކަލާނގެ ކޮންމެ ނަންފުޅަކުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. މިއަޅާގެ ހިތުގެ ބަހާރު ކަމަށާއި، މިއަޅާގެ ހިތުގެ (މޭގެ) ނޫރު ކަމަށާއި، މިއަޅާގެ ހިތާމަތައް ފިލުވައިދޭ އެއްޗެއް ކަމަށާއި، މިއަޅާގެ މޮޅިވެރިކަން ގެންދާ އެއްޗެއް ކަމުގައި ކީރިތި ޤުރްއާން ލައްވާނދޭވެ!
Reference: ޞަޙީޙް (އަލްބާނީ) ސިލްސިލާ ޞަޙީޙާ: 1/337