Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "މީހަކު ދުޝްމަނެއް ނުވަތަ ވެރިޔަކު ދެކެ ބިރުގަނެއްޖެނަމަ، މިފަދައިން ކިޔާށެވެ:"
اَللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ الْعَرْشِ الْعَظِيْمِ كُنْ لِي جَارًا مِنْ فُلَانِ بْنِ فُلَانٍ، وَأَحْزَابِهِ مِنْ خَلَائِقِكَ (وَمِنْ شَرِّ خَلْقِكَ كُلِّهِمْ جَمِيْعًا) أَنْ يَفْرُطَ عَلَيَّ أَحَدٌ مِنْهُمْ أَوْ يَطْغَى عَزَّ جَارُكَ وَجَلَّ ثَنَاؤُكَ وَلَا إِلٰهَ إِلَّا أَنْتَ
އޭ ﷲ! ހަތް އުޑުގެ ވެރިރަސްކަލާނކޮ! އަދި މަތިވެރި ޢަރުޝީގެ ވެރިރަސްކަލާނކޮ! [މިވެނި މީހަކާއި] (މިހިސާބުގައި އޭނާގެ ނަން ކިޔާށެވެ) އަދި އިބަރަސްކަލާނގެ ޚަލްޤުތަކުންކުރެ އޭނާގެ ބައިވެރިންގެ ކިބައިން، މިއަޅާއަށް ވާގިވެރިވާ ފަރާތެއް ކަމުގައި އިބަރަސްކަލާނގެ ވެވޮޑިގަންނަވާނދޭވެ! އެއީ އެއިން މީހެއްގެ ފަރާތުން މިއަޅާއަށް އަނިޔާއެއް ލިބުނަ ނުދެއްވުމަށެވެ. ނުވަތަ ހައްދުފަހަނައަޅައި ދިޔަ ނުދެއްވުމަށެވެ. އިބަރަސްކަލާނގެ ރައްކާތެރިކަން ލިބިގަތް މީހަކު ޢިއްޒަތްތެރިވެއްޖެއެވެ. އަދި އިބަރަސްކަލާނގެ ޘަނާ މަތިވެރިވެގެންވެއެވެ. އަދި އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެންވާ އިލާހަކު ނުވެއެވެ.
Reference: ޞަޙީޙް (އަލްބާނީ). ޞަޙީޙުއް ތަރްޣީބް: 2237، އަލްއަދަބުލް މުފްރަދު: 707