Loading...
Language: Dhivehi
اَللَّهُ أَكْبَرُ، اَللَّهُ أَعَزُّ مِنْ خَلْقِهِ جَمِيعًا، اَللَّهُ أَعَزُّ مِمَّا أَخَافُ وَأَحْذَرُ، أَعُوْذُ بِاللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْمُمْسِكِ السَّمَوَاتِ السَّبْعِ أَنْ يَقَعْنَ عَلَى الْأَرْضِ إِلَّا بِإِذْنِهِ، مِنْ شَرِّ عَبْدِكَ فُلَانٍ، وَجُنُودِهِ وَأَتْبَاعِهِ وَأَشْيَاعِهِ، مِنَ الْجِنِّ وَالْإِنْسِ، اَللَّهُمَّ كُنْ لِي جَارًا مِنْ شَرِّهِمْ، جَلَّ ثَنَاؤُكَ وَعَزَّ جَارُكَ، وَتَبَارَكَ اسْمُكَ، وَلَا إِلَهَ غَيْرُكَ
ﷲ އީ އެންމެ ބޮޑު ރަސްކަލާނގެއެވެ. ﷲ އީ އެކަލާނގެ އެންމެހާ ޚަލްޤުތަކުންނަށްވުރެ ޢިއްޒަތްތެރިވަންތަ ރަސްކަލާނގެއެވެ. ﷲ އީ މިއަޅާ ބިރުގަނެ ޖެހިލުންވާ ހުރިހާ އެއްޗަކަށްވުރެ ޢިއްޒަތްތެރިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި ޙައްޤުވެގެންވާ އިލާހަކު ނުވާ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އެކަލާނގެއީ އެކަލާނގެ އަމުރުފުޅާ ލައިގެން މެނުވީ، ބިމުގެ މައްޗަށް ހަތް އުޑު ވެއްޓުނަ ނުދީ ހިފަހައްޓަވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ އަޅު [މިވެނި މީހެއްގެ] އަދި އޭނާގެ ލަޝްކަރުތަކާއި، އޭނާއަށް ތަބާވާ މީހުންނާއި، އޭނާގެ ބައިވެރިން ކަމުގައިވާ ޖިންނިންނާއި އިންސީންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އޭ ﷲ! އެއުރެންގެ ނުބައިކަމުން މިއަޅާ ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެ ޘަނާ މަތިވެރިވެގެންވެއެވެ. އަދި އިބަރަސްކަލާނގެ ރައްކާތެރިކަން ލިބިގަތް މީހާ ޢިއްޒަތްތެރިވެއްޖެއެވެ. އަދި އިބަރަސްކަލާނގެ އިސްމުފުޅު މަތިވެރިވެގެންވެއެވެ. އަދި އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ.
Reference: ޞަޙީޙް. އަދަބުލް މުފްރަދު: ٧٠٨