Loading...
Language: Dhivehi
މީހަކު ޢަލީގެފާނުގެ އަރިހަށް އައިސް، އޭނާގެ މިނިވަންކަމަށްޓަކައި ދައްކަންޖެހިފައިވާ ފައިސާ ނުދެއްކިގެން ޝަކުވާކުރުމުން، ޢަލީގެފާނު އޭނާއަށް މި ދުޢާ ދަސްކޮށްދެއްވިއެވެ. އަދި ވިދާޅުވިއެވެ. "ސީރު ފަރުބަދަ ވަރުގެ ދަރަންޏެއް އޮތް ކަމުގައި ވިޔަސް މި ދުޢާ ކިޔައިފިނަމަ ﷲ އެ ދަރަނި އަދާކޮށްދެއްވާނެއެވެ."
اَللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
އޭ ﷲ! އިބަރަސްކަލާނގެ ޙަރާމް ކުރެއްވި ތަކެތިން ދުރުކުރައްވައި، އިބަރަސްކަލާނގެ ޙަލާލު ކުރެއްވި ތަކެތިން މިއަޅާއަށް ފުއްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ފަޟްލުވަންތަކަމުން އިބަރަސްކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ބޭނުންޖެހުމުން، މިއަޅާ މުއްސަނދިކުރައްވާނދޭވެ! (އެބަހީ: ފުއްދަވާނދޭވެ!)
Reference: ޙަސަން ޣަރީބް. ތިރްމިޒީ: ٣٥٦٣