Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) އެކަލޭގެފާނުގެ ދެ މާމަދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށްޓަކައި، މި ކަލިމަތައް ވިދާޅުވެ ދުޢާކުރައްވާ ކަމުގައިވިއެވެ:
أُعِيْذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَّهَامَّةٍ وَّمِنْ كُلِّ عَيْنٍ لَامَّةٍ
ކޮންމެ ޝައިޠާނެއްގެ ކިބައިންނާއި، ވިހަގަދަ ސޫތްޕެއްގެ ކިބައިންނާއި، އަދި ކޮންމެ ނުބައި އެސްފިންޏަކުން ތިޔަ ދެކުދިން ރައްކާތެރިކޮށްދެއްވުން އެދި، ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް ދަންނަވަމެވެ.
Reference: ބުޚާރީ: ٣٣٧١