Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު، އެމީހާގެ އަޚާއަށް ތަޢުރީފު ކުރާނަމަ، މިފަދައިން ބުނާށެވެ:"
أَحْسِبُ فُلَانًا وَاللَّهُ حَسِيبُهُ وَلَا أُزَكِّي عَلَى اللَّهِ أَحَدًا أَحْسِبُهُ كَذَا وَكَذَا
އަހަރެން ހީކުރާ ގޮތުގައި އެވެނި މީހަކީ (މިވެނި ސިފަތަކެއް ލިބިގެންވާ) މީހެކެވެ. އޭނާގެ ޙިސާބު ބެއްލެވުން ވަނީ ﷲ ގެ ޙަޟްރަތަށެވެ. ﷲ އަށްވުރެ ބޮޑަށް އެއްވެސް މީހަކު (ރަނގަޅު ކަމަށް) އަހަރެން ނުބުނަމެވެ. އަހަރެން ހީކުރާ ގޮތުގައި އޭނާއަކީ މިވެނި މިވެނި ކަންތައްތަކެއް ކުރާ މީހެކެވެ. (މިހެން ބުނަންވާނީ އެކަންކަން އެމީހެއްގެ ކިބައިގައި ހުރިކަން ޔަޤީންވާނަމައެވެ.)
Reference: ބުޚާރީ: ٢٦٦٢