Loading...
Language: Dhivehi
ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: ރޭގަނޑު ހޭލެވުމުން މިފަދައިން ކިޔައިފި މީހާ -
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ اَلْحَمْدُ لِلَّهِ وَسُبْحَانَ اللَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
ލއަ އިިލަހަ އިިލއްއަ އލލްލަހު ވަޙްދަހު ލއަ ޝަރިޔކަ ލަހު، ލަހު އލްމުލްކު ވަލަހު އލްޙަމްދު، ވަހުވަ ޢަލަޔ ކުލްލި ޝަޔްއިން ޤަދިޔރުން. އލްޙަމްދު ލިލްލަހި، ވަސުބްޙައނަ އލލްލަހި، ވަލއަ އިިލަހަ އިިލއްއަ އލލްލަހު، ވައލލްލަހު އަކްބަރު، ވަލއަ ޙަވްލަ ވަލއަ ޤުވްވަތަ އިިލއްއަ ބިއލލްލަހި
ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަން މިލްކްވެގެންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ޙަމްދު ހުރީ ﷲ އަށެވެ. އަދި ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އަދި ﷲ އީ އެންމެ ބޮޑު ރަސްކަލާނގެއެވެ. އަދި ﷲ ގެ ޙަޟްރަތުން މެނުވީ (ނުބައި ކަންކަމުން ދުރުވުމުގެ) ބާރެއް އަދި (ހެޔޮ ކަންކަން ކުރުމުގެ) ކުޅަދާނަކަމެއްވެސް ނުވެއެވެ. އޭ ﷲ! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ. (މިފަދައިން ދުޢާކޮށްފިނަމަ، އެމީހެއްގެ ދުޢާ އިޖާބަކުރައްވާނެއެވެ. އަދި ވުޟޫކޮށް ނަމާދުކޮށްފިނަމަ، އެމީހެއްގެ ނަމާދު ޤަބޫލުކުރައްވާނެއެވެ.)
Reference: ބުޚާރީ: 1154