Loading...
Language: Dhivehi
ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ރިވާކުރެއްވިއެވެ. ރަސޫލުﷲ (ﷺ) އަށް ހަދިޔާއެއްގެ ގޮތުގައި ކަންބަޅިއެއް ލިބިވަޑައިގެންނެވިއެވެ. އަދި އެ ބަހާލުމަށް އަމުރުކުރެއްވިއެވެ. ޚާދިމު މީހާ އެ ބަހާލާފައި އެނބުރި އައުމުން ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ސުވާލުކުރެއްވިއެވެ. "އެމީހުން ބުނީ ކީކޭ ހެއްޔެވެ؟" ޚާދިމު ދެންނެވިއެވެ. "އެމީހުން ބުނީ: ބާރަކަﷲ ފީކުމް (ﷲ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާށިއެވެ!) މިހެންނެވެ." ދެން ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ވިދާޅުވިއެވެ:
بَارَكَ اللَّهُ فِيكُمْ
އަދި އެބައިމީހުންނަށްވެސް ﷲ ބަރަކާތް ލައްވާށިއެވެ!
Reference: އިބްނުއްސުންނީ (ޞަފްޙާ 138، ޙަދީޘް ނަންބަރު 278). އަދި ބައްލަވާ، އިބްނުލް ޤައްޔިމްގެ އަލްވާބިލުއް ޞައްޔިބް ޞަފްޙާ 304. ތަޙްޤީޤް، ބަޝީރު މުޙައްމަދު ޢުޔޫން