Loading...
Language: Dhivehi
ބަރާޢު ބިން ޢާޒިބު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) އަހަރެމެންނަށް ٧ ކަމަކަށް އަމުރުކުރެއްވިއެވެ. އަދި ٧ ކަމެއް ނަހީކުރެއްވިއެވެ. އަމުރުކުރެއްވި ކަންތައްތަކަކީ: ޖަނާޒާގައި ބައިވެރިވުމަށާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމަށާއި، ދަޢުވަތު ޤަބޫލުކުރުމަށާއި، އަނިޔާ ލިބޭ މީހާއަށް އެހީވުމަށާއި، ހުވާ ފުއްދުމަށާއި، ސަލާމް ރައްދުކުރުމަށާއި، އަދި ކިނބިހި އަޅާ މީހާއަށް (ޔަރްޙަމުކަﷲ އޭ ބުނެ) ޖަވާބު ދިނުމަށެވެ. އަދި ނަހީކުރެއްވީ: ރިހި އާނު ބޭނުންކުރުމާއި، ރަން އަނގޮޓި އެޅުމާއި، ފަށުވި ފޭރާން (ދީބާޖް، ޤައްސީ، އިސްތަބްރަޤް ފަދަ) ލުމެވެ.
Reference: ބުޚާރީ: 1239