Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ރަސޫލުﷲ (ﷺ) ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "މުސްލިމެއްގެ މައްޗަށް މުސްލިމަކަށް ލިބިގެންވާ ޙައްޤުތައް ފަހެކެވެ. އެއީ: ސަލާމް ރައްދުކުރުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، ޖަނާޒާގައި ބައިވެރިވުމާއި، ދަޢުވަތު ޤަބޫލުކުރުމާއި، އަދި ކިނބިހި އަޅާ މީހާއަށް (ޔަރްޙަމުކަﷲ އޭ ބުނެ) ޖަވާބު ދިނުމެވެ."
Reference: ބުޚާރީ: 1240