Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ކިނބިހި އެޅުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ފުރޭނުމަށް (ފުރާނަ އެޅުމަށް) ނުރުހިވޮޑިގަންނަވައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ކިނބިހި އަޅައި 'އަލްޙަމްދުލިﷲ' ކިޔައިފިނަމަ، އެ އަޑު އިވުނު ކޮންމެ މުސްލިމެއްގެ މައްޗަށް 'ޔަރްޙަމުކަﷲ' ކިޔުން ޙައްޤުވެގެންވެއެވެ. އަދި ފުރޭނުމަކީ ޝައިޠާނާގެ ކިބައިން ވާ ކަމެކެވެ. ވީމާ، އެމީހަކަށް ކުޅަދާނަވީ ވަރަކުން އެކަން މަނާކުރާށެވެ. (އަނގަ ލައްޕާށެވެ). އަދި 'ހާހް، ހާހް' ނުކިޔާށެވެ. އެހެނީ އެކަމާ ޝައިޠާނާ ހޭނެއެވެ."
Reference: ބުޚާރީ: 3289