Loading...
Language: Dhivehi
ﷲ ގެ އަޅަކަށް މުޞީބާތެއް ޖެހުމުން މިފަދައިން ކިޔައިފިނަމަ -
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُوْنَ، اَللَّهُمَّ أْجُرْنِيْ فِي مُصِيْبَتِيْ وَأَخْلِفْ لِي خَيْرًا مِّنْهَا
އިިންނައ ލިލްލަހި ވައިިންނައ އިިލަޔްހި ރައޖިޢުވނަ، އލލްލަހުމްމަ އްޖުރްނިޔ ފިޔ މުޞިޔބަތިޔ ވައަޚްލިފް ލިޔ ޚަޔްރަންއ މިންހައ
ހަމަކަށަވަރުން އަޅަމެންނީ ﷲ އަށް މިލްކްވެގެންވާ ބައެކެވެ. އަދި ހަމަކަށަވަރުން އަޅަމެން އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ. އޭ ﷲ! މި މުޞީބާތުގައި މިއަޅާއަށް ޘަވާބު ދެއްވާނދޭވެ! އަދި މިއަށްވުރެ ހެޔޮ ގޮތް މިއަޅާއަށް މިންވަރުކޮށްދެއްވާނދޭވެ! އުއްމު ސަލަމާ (ރ.ޢ) ރިވާކުރެއްވިއެވެ: ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ކޮންމެ މުސްލިމަކަށް މުޞީބާތެއް ޖެހުމުން، ﷲ އަމުރުކުރައްވާފައިވާ ފަދައިން (މަތީގައިވާ ދުޢާ) ކިޔައިފިނަމަ، ﷲ އޭނާއަށް އެއަށްވުރެ ހެޔޮ ގޮތް ބަދަލުގައި ދެއްވާނެއެވެ."
Reference: މުސްލިމް: 918