Loading...
Language: Dhivehi
اَللَّهُمَّ رَبَّ جِبْرَائِيْلَ وَمِيْكَائِيْلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِيْ لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِيْ مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيْمٍ
އޭ ﷲ! ޖިބްރީލްގެފާނާއި، މީކާއީލްގެފާނާއި، އިސްރާފީލްގެފާނުގެ ވެރިރަސްކަލާނކޮ! އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނކޮ! ޣައިބާއި ހާޒިރު ދެނެވޮޑިގެންވާ ރަސްކަލާނކޮ! އިބަރަސްކަލާނގެ އަޅުތަކުންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންކަމުގައި ޙުކުމް ކުރައްވާނީ އިބަރަސްކަލާނގެއެވެ. މީސްތަކުން ޚިލާފުވެފައިވާ ކަންކަމުގެ ތެރެއިން ޙައްޤު ގޮތް، އިބަރަސްކަލާނގެ އިޛުނަފުޅާއެކު މިއަޅާއަށް ދައްކަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ އިރާދަކުރައްވާ އަޅަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަމުއެވެ.
Reference: މުސްލިމް: ٧٧٠