Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: "ބަޔަކު މީހުން މަޖިލީހެއްގައި އިށީނދެ ތިބެ، އެ މަޖިލީހުގައި ﷲ ހަނދުމަ ނުކުރާނަމަ، އެ މަޖިލީހެއް ވާހުށީ އެއުރެންގެ މައްޗަށް ހުރި އުނިކަމެއް ކަމުގައެވެ. އަދި ބަޔަކު މީހުން ތަނެއްގައި އޮށޯވެ ތިބެ، އެތަނުގައި ﷲ ހަނދުމަ ނުކުރާނަމަ، އެތަނެއް ވާހުށީ އެއުރެންގެ މައްޗަށް ހުރި އުނިކަމެއް ކަމުގައެވެ."
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 4856