Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: "މީސްތަކުން މަޖިލީހަކުން ތެދުވެގެންދާއިރު، އެ މަޖިލީހުގައި ﷲ ހަނދުމަ ނުކުރާނަމަ، ހަމަކަށަވަރުން އެއީ މަރުވެފައިވާ ޙިމާރެއްގެ ފަތިގަނޑު ދޫކޮށްފައި ދިއުން ފަދަ ކަމެކެވެ. އަދި އެކަން ވާހުށީ (ޤިޔާމަތް ދުވަހުން) އެއުރެންގެ މައްޗަށް ހުރި ހިތާމައެއް ކަމުގައެވެ."
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 4855