Loading...
Language: Dhivehi
ޢަބްދުﷲ ބިން ޢުމަރު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) އެއް މަޖިލީހެއްގައި (ތެދުވެވަޑައިގަތުމުގެ ކުރިން) ސަތޭކަ ފަހަރު މި ދުޢާ ވިދާޅުވާތީ އަހަރެމެން ގުނަމެވެ:
رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
މިއަޅާގެ ވެރިރަސްކަލާނކޮ! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! އަދި މިއަޅާގެ މައްޗަށް ތައުބާ ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
Reference: ޞަޙީޙް. އަބޫ ދާވޫދު: ١٥١٦