Loading...
Language: Dhivehi
اَللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيْكَ وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ وَمِنَ الْيَقِيْنِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيْبَاتِ الدُّنْيَا وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا وَاجْعَلْهُ الْوَارِثَ مِنَّا وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا وَانْصُرْنَا عَلَى مَنْ عَادَانَا وَلَا تَجْعَلْ مُصِيْبَتَنَا فِي دِيْنِنَا وَلَا تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلَا مَبْلَغَ عِلْمِنَا وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَرْحَمُنَا
އޭ ﷲ! އިބަރަސްކަލާނގެއަށް ބިރުވެތިވުމުގެ ތެރެއިން، މިއަޅަމެންނާއި މިއަޅަމެން އިބަރަސްކަލާނގެއަށް އުރެދުމާ ދެމެދަށް ހުރަހަކަށް ވާ މިންވަރަށް މިއަޅަމެންނަށް ބައި އަޅުއްވާނދޭވެ! އަދި އިބަރަސްކަލާނގެ ސުވަރުގެއަށް މިއަޅަމެން ވާޞިލުކޮށްދޭ މިންވަރަށް ކިޔަމަންތެރިކަން ދެއްވާނދޭވެ! އަދި ދުނިޔޭގެ މުޞީބާތްތައް މިއަޅަމެންނަށް ލުއިކޮށްދޭ މިންވަރަށް ޔަޤީންކަން ދެއްވާނދޭވެ! އަދި މިއަޅަމެން ދިރިތިބިހައި ހިނދަކު، މިއަޅަމެންގެ އަޑުއިވުމާއި، ލޮލުގެ ފެނުމާއި، ގައިބާރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާނދޭވެ! އަދި އެކަންކަން މިއަޅަމެންގެ ވާރުތަވެރިޔާ (އެބަހީ: މަރުވަންދެން ދެމިހުންނަ އެއްޗެއް) ކަމުގައި ލައްވާނދޭވެ! އަދި މިއަޅަމެންގެ ބަދަލުހިފުން ވަނީ މިއަޅަމެންނަށް އަނިޔާކުރި މީހުންގެ ކިބައިން ކަމުގައި ލައްވާނދޭވެ! އަދި މިއަޅަމެންނާ ދެކޮޅުވެރިވާ މީހުންގެ މައްޗަށް މިއަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! އަދި މިއަޅަމެންގެ ދީނުގައި މިއަޅަމެންނަށް މުޞީބާތެއް ނުޖައްސަވާނދޭވެ! އަދި ދުނިޔެއަކީ މިއަޅަމެންގެ އެންމެ ބޮޑު ހިތާމަކަމުގައި އަދި ޢިލްމު ވާޞިލުވާ އެންމެ ފަހު ތަން ކަމުގައި ނުލައްވާނދޭވެ! އަދި މިއަޅަމެންނަށް ރަޙްމު ނުކުރާ ބަޔަކު މިއަޅަމެންގެ މައްޗަށް ވެރި ނުކުރައްވާނދޭވެ!
Reference: ޙަސަން. ތިރްމިޒީ: ٣٥٠٢