Loading...
Language: Dhivehi
ޢުމަރު ބިން އަބީ ސަލަމާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ގެ ބެލެހެއްޓެވުމުގެ ދަށުގައިވީ ކުޑަކުއްޖަކު ކަމުގައި އަހަރެން ވީމެވެ. ކާއިރު ތަށީގެ އެކި ދިމަދިމާއަށް އަހަރެންގެ އަތް ދެއެވެ. ފަހެ، ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: "އޭ ޅަކުއްޖާއެވެ! ބިސްމި ކިޔާށެވެ! އަދި ކަނާތުން ކާށެވެ! އަދި ތިބާއާ ކައިރިން (ތަށީގެ އެއް ފަރާތުން) ކާށެވެ!"
Reference: ބުޚާރީ: 5376