Loading...
Language: Dhivehi
ރަސޫލާ (ﷺ) އާއެކު ނަމާދުކުރަމުން ދިޔައިރު، މީހަކު ކީއެވެ -
اَللَّهُ أَكْبَرُ كَبِيْرًا وَالْحَمْدُ لِلَّهِ كَثِيْرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيْلًا
އލލްލަހު އަކްބަރު ކަބިޔރއަން، ވައލްޙަމްދު ލިލްލަހި ކަޘިޔރއަން، ވަސުބްޙައނަ އލލްލަހި ބުކްރަތަން ވައަޞިޔލއަން
ﷲ އީ އެންމެ ބޮޑު ރަސްކަލާނގެއެވެ. އަދި ﷲ އަށް ގިނަގުނަ ޙަމްދު ހުއްޓެވެ. އަދި ހެނދުނާއި ހަވީރު ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "މިވެނި ބަސްތަކެއް ބުނީ ކާކު ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ: "އެއީ ތިމަންނާއެވެ! އޭ ﷲ ގެ ރަސޫލާއެވެ!" ޙަދީޘްކުރެއްވިއެވެ: "އެ ބަސްތަކާމެދު ތިމަންކަލޭގެފާނު ޢަޖައިބުވެވަޑައިގަތީމެވެ. (ސަބަބަކީ) އެއަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވިގެން ދިޔައެވެ."
Reference: މުސްލިމް: 601