Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން، ﷲ ގެ ފަޟްލަވަންތަކަމަށް އެދި ދުޢާކުރާށެވެ! ފަހެ، ހަމަކަށަވަރުން އެ އެއްޗަށް އެ ފެންނަނީ މަލާއިކަތެކެވެ. އަދި ތިޔަބައިމީހުންނަށް ޙިމާރު ހަޅޭއްލަވާ އަޑު އިވުމުން، ޝައިޠާނާގެ ކިބައިން ﷲ ގެ ރައްކާތެރިކަމަށް އެދޭށެވެ! ފަހެ، ހަމަކަށަވަރުން އެ އެއްޗަށް އެ ފެންނަނީ ޝައިޠާނެކެވެ."
Reference: ބުޚާރީ: 3303