Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ސަވާރީއަށް އަރާވަޑައިގަންނަވަމުން ބިސްމި ކިޔުއްވައެވެ. އަދި ހަމަޖެހިވަޑައިގަތުމުން މި ދުޢާ ކިޔުއްވައެވެ:
اَلْحَمْدُ لِلَّهِ، سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اَلْحَمْدُ لِلَّهِ، اَلْحَمْدُ لِلَّهِ، اَلْحَمْدُ لِلَّهِ، اَللَّهُ أَكْبَرُ، اَللَّهُ أَكْبَرُ، اَللَّهُ أَكْبَرُ، (لَا إِلَهَ إِلَّا أَنْتَ) سُبْحَانَكَ، إِنِّي ظَلَمْتُ نَفْسِيْ فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّا أَنْتَ
ޙަމްދު ހުރީ ﷲ އަށެވެ. މިއަޅަމެންނަށްޓަކައި މި (ސަވާރީ) ކިޔަމަންކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! މިއަޅަމެންނަކީ (އެކަލާނގެ މިންވަރުފުޅާ ނުލައި) އެކަމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި ނުވަމެވެ. އަދި ހަމަކަށަވަރުން މިއަޅަމެން އެނބުރިދާހުށީ މިއަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. (٣ ފަހަރު) ﷲ އީ އެންމެ ބޮޑު ރަސްކަލާނގެއެވެ. (٣ ފަހަރު) (އިބަރަސްކަލާނގެ މެނުވީ ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ.) އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! މިއަޅާ މިއަޅާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ، މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ މެނުވީ ފާފަ ފުއްސަވައިދޭނެ އެހެން ފަރާތެއް ނުވެއެވެ.
Reference: ޞަޙީޙް. ތިރްމިޒީ: ٣٤٤٦