Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: "ވައިރޯޅިއަކީ ﷲ ގެ ރަޙްމަތުން ވާ ކަމެކެވެ. އެއީ ރަޙްމަތާއި އަދި ޢަޛާބާއިގެންވެސް އަތުވެދާނެ އެއްޗެކެވެ. ފަހެ، ވައި ގަދަވެއްޖެނަމަ ތިޔަބައިމީހުން އެއަށް އެއްޗެހި ނުކިޔާށެވެ! (އެހެނެއްކަމަކު) އޭގެ ހެޔޮކަމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާކުރާށެވެ! އަދި އޭގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރާށެވެ."
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު 5097