Loading...
Language: Dhivehi
ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ވިދާޅުވިއެވެ. ވައިރޯޅި ގަދަވުމުން ރަސޫލުﷲ (ﷺ) މިފަދައިން ވިދާޅުވެއެވެ:
اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيهَا، وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوْذُ بِكَ مِنْ شَرِّهَا، وَشَرِّ مَا فِيهَا، وَشَرِّ مَا أُرْسِلَتْ بِهِ
އޭ ﷲ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން މީގެ (މި ވައިރޯޅީގެ) ހެޔޮކަމަށާއި، އަދި މީގައިވާ ހެޔޮކަމަށާއި، އަދި މިއާ ފޮނުއްވުނު ކަންތަކުގެ ހެޔޮކަމަށް އެދެމެވެ. އަދި މީގެ ނުބައިކަމުންނާއި، އަދި މީގައިވާ ނުބައިކަމުންނާއި، އަދި މިއާ ފޮނުއްވުނު ކަންތަކުގެ ނުބައިކަމުން އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.
Reference: މުސްލިމް: ٨٩٩