Loading...
Language: Dhivehi
އަނަސް ބިން މާލިކް (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ތިމަންމެން ރަސޫލުﷲ (ﷺ) ގެ އަރިހުގައި ވަނިކޮށް ވާރޭ ވެހެން ފެށިއެވެ. ދެން ރަސޫލުﷲ (ﷺ) އެކަލޭގެފާނުގެ ހެދުންކޮޅުގެ ބައެއް ނެަންގެވިއެވެ. އެއީ ގައިކޮޅުގައި ވާރޭ ޖެހުމަށްޓަކައެވެ. ތިމަންމެން ދެންނެވީމެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ތިޔަހެން ތިޔަ ހެއްދެވީ ކީއްވެތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން އެ ފެނަކީ މާތް ﷲ ގެ ޙަޟްރަތުން އަލަށް އައި އެއްޗެކެވެ."
Reference: މުސްލިމް: 898