Loading...
Language: Dhivehi
އެއްދުވަހަކު ތިމަންމެން ރަސޫލާ (ﷺ) ގެ ފަހަތްޕުޅުގައި ނަމާދުކުރީމެވެ. އެކަލޭގެފާނު ސަމިޢަﷲ ލިމަން ޙަމިދަ ކިޔުއްވައި ހަށިކޮޅު ތެދުކުރެއްވުމުން މީހަކު ކީއެވެ -
رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيْرًا طَيِّبًا مُبَارَكًا فِيهِ
ރަބްބަނައ ވަލަކަ އލްޙަމްދު، ޙަމްދއަން ކަޘިޔރއަން ޠަޔްޔިބއަން މުބައރަކއަން ފިޔހި
އޭ އަޅަމެންގެ ވެރި ރަސްކަލާކޮ! ޙަމްދު ހުރީ އިބަ ރަސްކަލާނގެއަށެވެ. ގިނަގުނަވެގެންވާ، ޠާހިރު، ބަރަކާތްތެރި ޙަމްދަކުންނެވެ. ރަސޫލާ (ﷺ) ނަމާދު ނިންމަވާލެއްވުމަށްފަހު އެއްސެވިއެވެ. "މި ބަސްތައް ކީ ކާކު ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ: "އެއީ ތިމަންނާއެވެ!" ދެން ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ތިރީހަށްވުރެ ގިނަ މަލާއިކަތުން، އޭގެ ތެރެއިން އެންމެ ފުރަތަމަ އެ ލިޔުއްވަނީ ކޮން ބޭކަލެއްތޯ އަވަސްވެވަޑައިގަތްތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ."
Reference: ބުޚާރީ: 799