Loading...
Language: Dhivehi
ޢަލީ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: "މުސްލިމަކު އެހެން މުސްލިމަކަށް (ބަލިވެ އުޅޭ ވަގުތު) ހެނދުނު ޒިޔާރަތްކޮށްފިނަމަ، ހަވީރު ވަންދެން ހަތްދިހަ ހާސް މަލާއިކަތުން އޭނާއަށްޓަކައި ޞަލަވާތްލައްވައެވެ. އަދި ރޭގަނޑު ޒިޔާރަތްކޮށްފިނަމަ، ހެނދުނު ވަންދެން ހަތްދިހަ ހާސް މަލާއިކަތުން އޭނާއަށްޓަކައި ޞަލަވާތްލައްވައެވެ. އަދި އޭނާއަށްޓަކައި ސުވަރުގޭގައި ބަގީޗާއެއް ވެއެވެ."
Reference: ޞަޙީޙް (އަލްބާނީ). ތިރްމިޛީ: 969