Loading...
Language: Dhivehi
އުއްމު ސަލަމާ (ރަޟިޔަﷲ ޢަންހާ) ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: އަޅަކަށް މުޞީބާތެއް ޖެހުމުން މިފަދައިން ކިޔައިފިނަމަ، ﷲ އޭނާއަށް އެ މުޞީބާތުގައި ހެޔޮ ޖަޒާ ދެއްވައި، އެއަށްވުރެ ހެޔޮ ގޮތް މިންވަރުކުރައްވާނެއެވެ:
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اَللَّهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا
ހަމަކަށަވަރުން އަޅަމެންނީ ﷲ އަށް މިލްކުވެގެންވާ ބަޔެކެވެ. އަދި ހަމަކަށަވަރުން އަޅަމެން އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ. އޭ ﷲ! މިއަޅާއަށް ޖެހިފައިވާ މުޞީބާތުގައި މިއަޅާއަށް އަޖުރު ދެއްވާނދޭވެ! އަދި އެއަށްވުރެ ހެޔޮ ގޮތް މިއަޅާއަށް ބަދަލުގައި ދެއްވާނދޭވެ!
Reference: މުސްލިމް: ٩١٨