Loading...
Language: Dhivehi
ޖިބްރީލްގެފާނު ރަސޫލުﷲ (ﷺ) އަށް، ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިވުމަށް މި ދުޢާ އުނގަންނަވައިދެއްވިއެވެ:
أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَبَرَأَ وَذَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ
ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން ރައްކާތެރިކަމަށް އެދެމެވެ. އެއީ ހެޔޮލަފާ މީހަކަށްވެސް އަދި ނުބައި މީހަކަށްވެސް އެ ކަލިމަފުޅުތައް ފަހަނައަޅައި ނުދެވޭނެ ފަދަ ކަލިމަފުޅުތަކެވެ. އެކަލާނގެ އުފެއްދެވިހާ ތަކެތީގެ ނުބައިކަމުންނެވެ. އަދި އުޑުން ފައިބާ ތަކެތީގެ ނުބައިކަމުންނާއި، އުޑަށް އަރާ ތަކެތީގެ ނުބައިކަމުންނެވެ. އަދި ބިމުގައި ފެތުރިފައިވާ ތަކެތީގެ ނުބައިކަމުންނާއި، ބިމުން ނުކުންނަ ތަކެތީގެ ނުބައިކަމުންނެވެ. އަދި ރޭގަނޑާއި ދުވާލުގެ ފިތުނަތަކުގެ ނުބައިކަމުންނެވެ. އަދި ރޭގަނޑު އަންނަ ކޮންމެ އެއްޗެއްގެ ނުބައިކަމުންނެވެ. ހެޔޮކަމަކާއިގެން އަންނަ އެއްޗެއް މެނުވީއެވެ. އޭ ރަޙްމާންވަންތަ ރަސްކަލާނކޮ!
Reference: ޝައިޚް އަރްނައޫޠު (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ މިޙަދީޘްގެ ސަނަދަކީ ޞަޙީޙް ސަނަދެއް ކަމުގައެވެ. ތަޚްރީޖު ލިޠަޙާވިޔާ (ޞަފްޙާ 133)