Loading...
Language: Dhivehi
ވުޟޫކޮށްގެން ސޫރަތުލް ފާތިޙާ ކިޔެވުމަކީ ޖިންނިންގެ އުނދަގޫތަކުން ސަލާމަތްވުމަށް އޮތް ބާރުގަދަ ފަރުވާއެކެވެ.
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
ބިސްމިﷲއްރަޙްމާނިއްރަޙީމް. އަލްޙަމްދު ލިއްލާހި...
(١) ﷲ ގެ އިސްމުފުޅުން (ފަށަމެވެ)؛ މާތް ﷲ އީ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (٢) ޙަމްދު ހުރީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ. (٣) (އެކަލާނގެއީ) ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (٤) ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ. (٥) މިއަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި ވާގިއެދެނީ ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނެވެ. (٦) މިއަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދައްކަވާނދޭވެ! (٧) (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެެވެ. އެއުރެންގެ މައްޗަށް ކޯފާލެއްވިގެންވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.
Reference: ސޫރަތުލް ފާތިޙާ 1