Loading...
Language: Dhivehi
ރަސޫލާ (ﷺ) މިސްކިތަށް ވަދެވަޑައިގެންނެވިއިރު، މީހަކު ނަމާދުގެ ފަހު އިށީނުމުގައި (އައްތަހިއްޔާތަށްފަހު) ދުޢާކުރަނީއެވެ -
اَللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ بِأَنَّكَ الْوَاحِدُ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
އލލްލަހުމްމަ އިިންނިޔ އަސްއަލުކަ ޔައ އލލްލަހު ބިއަންނަކަ އލްވައޙިދު އލއަޙަދު އލޞްޞަމަދު އލްލަޛިޔ ލަމް ޔަލިދް ވަލަމް ޔުވލަދް ވަލަމް ޔަކުން ލަހު ކުފުވއަން އަޙަދުން، އަން ތަޣްފިރަ ލިޔ ޛުނުވބިޔ، އިިންނަކަ އަންތަ އލްޣަފުވރު އލރްރަޙިޔމު
އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ ރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އޭ ﷲ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ އެއްކައުވަންތަ، އެއްފަދަވެގެންނުވާ، އެންމެހާ ތަކެތި އެކލާނގެއަށް ބޭނުންތެރިވެގެންވާ، ރަސްކަލާނގެއެވެ. އެކަލާނގެއަށް ދަރިކަލަކު ލިބިވޮޑިގެންނުވެއެވެ. އަދި އެކަލާނގެ އުފެދިވޮޑިގެންނުވެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ ހަމައެކަކުވެސް ނުވެއެވެ. (މި ނަންފުޅުތައް މެދުވެރިކޮށް ދަންނަވަމެވެ.) މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން އޭނާގެ ފާފަ ފުއްސަވައިފިއެވެ." (މިހެން ތިންފަހަރު ޙަދީޘްކުރެއްވިއެވެ.)
Reference: ޞަޙީޙް (އަލްބާނީ). ނަސާއީ: 1301