Loading...
Language: Dhivehi
الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
އަލިފް ލާމް މީމް. ޛާލިކަލް ކިތާބު...
(١) އަލިފް ލާމް މީމް (މިއީ ކުޅަދުންވަންތަ ﷲ ގެ ކިބައިން އައިސްފައިވާ ފޮތެއްކަން ދޭހަކޮށްދޭ އަކުރުތަކެކެވެ). (٢) މިއީ އެ ފޮތެވެ. އެ ފޮތާމެދަކު ޝައްކެއް ނެތެވެ. (މިއީ) ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ. (٣) އެއުރެންނަކީ ޣައިބަށް އީމާންވާ މީހުންނެވެ. އަދި އެއުރެން (ފުރިހަމަ ގޮތުގައި) ނަމާދު ޤާއިމުކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، އެއުރެން ހޭދަކުރެއެވެ. (٤) އަދި އެއުރެންނަކީ ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި ފޮތްތަކަށް އީމާންވާ މީހުންނެވެ. އަދި އާޚިރަތް ދުވަހާމެދު، ޔަޤީންކޮށް ޤަބޫލުކުރަނީވެސް ހަމަ އެއުރެންނެވެ. (٥) އެއުރެން ވަނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ހިދާޔަތެއްގެ މަތީގައެވެ. އަދި ދިންނަވާނެ މީހުންނަކީވެސް ހަމަ އެއުރެންނެވެ.
Reference: ސޫރަތުލް ބަޤަރާ 2: 1-5