Loading...
Language: Dhivehi
وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ ﴿١٦٣﴾ إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّـهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ﴿١٦٤﴾
ވަ އިލާހުކުމް އިލާހުއް ވާޙިދު، ލާ އިލާހަ އިއްލާ ހުވައް ރަޙްމާނުއް ރަޙީމް
(١٦٣) އަދި ތިޔަބައިމީހުންގެ އިލާހަކީ، އެއްކައުވަންތަ އިލާހެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. (އެކަލާނގެއީ) ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (١٦٤) ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައްޔާއި (އެބަހީ: ދިގުކުރުވުމާއި ކުރުވުމާއި، އަނދިރިވުމާއި އަލިވުމުގައި) އަދި މީސްތަކުންނަށް މަންފާކުރަނިވި ތަކެއްޗައިގެން ކަނޑުގައި ދުވާ އުޅަނދުފަހަރުގައްޔާއި... މިއެންމެހާ ކަންތައްތަކުގައި، ވިސްނާ ބަޔަކަށް (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެކިތަކެއް ވާކަން ކަށަވަރެވެ.
Reference: ސޫރަތުލް ބަޤަރާ 2: 163-164