Loading...
Language: Dhivehi
اللّٰهُ لَآ إِلٰهَ إِلَّا هُوَ الْحَىُّ الْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى السَّمٰوٰتِ وَمَا فِى الْأَرْضِ ۗ مَن ذَا الَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ السَّمٰوٰتِ وَالْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ الْعَلِىُّ الْعَظِيمُ
ﷲ ލާ އިލާހަ އިއްލާ ހުވަލް ޙައްޔުލް ޤައްޔޫމް...
(٢٥٥) ﷲ އީ، އެކަލާނގެ މެނުވީ ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާ ރަސްކަލާނގެއެވެ. (އެކަލާނގެއީ) ދިރިދެމިވޮޑިގެންވާ، ޤައްޔޫމްވަންތަ (އެބަހީ: އެންމެހާ މަޚްލޫޤާތްތައް ހިފަހައްޓަވައި ބަލަހައްޓަވާ) ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް، އަދި ނިދިޖެހުމެއްވެސް، އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ އިޛުނަފުޅާ ނުލައި، އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟... އަދި އެކަލާނގެ ކުރުސި، އުޑުތަކާއި ބިމުގެ ތަނަވަސްކަމަށްވުރެ ތަނަވަސްވެގެންވެއެވެ. އަދި އެ އުޑުތަކާއި ބިން ރައްކާތެރިކުރައްވައި ހިފެހެއްޓެވުން، އެކަލާނގެއަށް ބުރަކަމަކަށް ނުވެއެވެ. އަދި އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެއެވެ.
Reference: ސޫރަތުލް ބަޤަރާ 2: 255