Loading...
Language: Dhivehi
إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ ﴿٥٤﴾ ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ ﴿٥٥﴾ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّـهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾
އިންނަ ރައްބަކުމުﷲު އައްލަޛީ ޚަލަޤައްސަމާވާތި ވަލްއަރްޟަ...
(٥٤) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ ﷲ އެވެ. އެކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝުގެ މައްޗަށް އިސްތަވާވެވޮޑިގެންނެވިއެވެ. އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވަވައެވެ (އެބަހީ: އަނދިރިކަމުގެ ތެރެއަށް އަލިކަން ވަދެގެންދެއެވެ). އެ ރޭގަނޑު، އެ ދުވާލުގެ ފަހަތުން އަވަސްވެގެންވާ ޙާލު ހޯދައެވެ. އަދި އިރާއި، ހަނދާއި، ތަރިތައްވެސް އެކަލާނގެ އަމުރުފުޅަށް ކިޔަމަންކުރައްވާފައިވާ ޙާލު (ހެއްދެވިއެވެ). ދަންނާށެވެ! ހެއްދެވުމާއި، އަމުރުކުރެއްވުން މިލްކުވެގެންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. ޢާލަމްތަކުގެ ވެރި ﷲ، ބަރަކާތްތެރިވެވޮޑިގެންފިއެވެ. (٥٥) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް، މަޑުމައިތިރިކަމާއެކުގައްޔާއި، ސިއްރުން ތިޔަބައިމީހުން ދުޢާކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންނަށް އެކަލާނގެ ލޯބިވެވޮޑިގެނެއްނުވެއެވެ. (٥٦) އަދި ބިން އިޞްލާޙުވުމަށްފަހު، ތިޔަބައިމީހުން އެބިމުގައި ފަސާދަ ނުކުރާށެވެ! އަދި ބިރުވެތިކަމާއި، އުންމީދާއެކު، އެކަލާނގެއަށް ތިޔަބައިމީހުން ދުޢާކުރާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންނާ ﷲ ގެ ރަޙްމަތް ގާތްވެގެންވެއެވެ.
Reference: ސޫރަތުލް އަޢުރާފު 7: 54-56