Loading...
Language: Dhivehi
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾
ވަ އައުޙައިނާ އިލާ މޫސާ އަން އަލްޤި ޢަޞާކަ...
(١١٧) އަދި، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާ އެއްލަވާށެވެ! ފަހެ، އެހިނދު އެ އަސާ، އެއުރެން (އެބަހީ: ސިޙުރުވެރިން) ހަދައިގެން ދެއްކި ދޮގުތައް ކައިދިރުވައިލިއެވެ. (١١٨) ފަހެ، ޙައްޤު ފާޅުވެ ސާބިތުވިއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައްތައް (އެބަހީ: ސިޙުރުތައް) ބާޠިލުވެއްޖެއެވެ. (١١٩) ފަހެ، އެތާނގައި އެއުރެންގެ މައްޗަށް (މޫސާގެފާނު) ގަދަވެއްޖެއެވެ. އަދި އެއުރެން ނިކަމެތިވެގެން އެނބުރި ހިނގައްޖެއެވެ. (١٢٠) އަދި ސިޙުރުވެރިން (ﷲ އަށް) ސަޖިދަކުރި ޙާލު، ވެއްޓިއްޖެއެވެ. (١٢١) އެއުރެން ބުނޫއެވެ. ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށް އަޅަމެން އީމާންވެއްޖައީމެވެ. (١٢٢) (އެއީ) މޫސާގެފާނާއި، ހާރޫނުގެފާނުގެ ވެރި ރަސްކަލާނގެއެވެ.
Reference: ސޫރަތުލް އަޢުރާފު 7: 117-122