Loading...
Language: Dhivehi
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾
ފަލައްމާ އަލްޤައު ޤާލަ މޫސާ މާ ޖިޢްތުމް ބިހިއްސިޙްރު...
(٨١) ފަހެ، އެއުރެން (އެތަކެތި) އެޅިހިނދު، މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައި އެއްޗަކީ ސިޙުރެވެ. ހަމަކަށަވަރުން، ﷲ އެ ސިޙުރު ބާޠިލުކުރައްވާނެއެވެ. ހަމަކަށަވަރުން، ފަސާދަވެރިންގެ ޢަމަލު، ﷲ އިޞްލާޙެއް ނުކުރައްވާނެއެވެ. (٨٢) އަދި ކުށްވެރިން ނުރުހުނަސް، ﷲ، އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކޮށްދެއްވާނެއެވެ.
Reference: ސޫރަތު ޔޫނުސް 10: 81-82