Loading...
Language: Dhivehi
وَالصَّافَّاتِ صَفًّا ﴿١﴾ فَالزَّاجِرَاتِ زَجْرًا ﴿٢﴾ فَالتَّالِيَاتِ ذِكْرًا ﴿٣﴾ إِنَّ إِلَـٰهَكُمْ لَوَاحِدٌ ﴿٤﴾ رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ ﴿٥﴾ إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ ﴿١٠﴾
ވައްޞާއްފާތި ޞައްފާ. ފައްޒާޖިރާތި ޒަޖްރާ...
(١) ސަފުތައް ހަދައިގެން ތިއްބަވާ މަލާއިކަތުން ގަންދެއްވަމެވެ. (٢) ދެން (ވިލާތައް) ލަވައި ގެންދަވާ މަލާއިކަތުން ގަންދެއްވަމެވެ. (٣) ދެން ޤުރުއާން ކިޔަވައިވިދާޅުވާ މަލާއިކަތުން ގަންދެއްވަމެވެ. (٤) ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (٥) (އެކަލާނގެއީ) އުޑުތަކާއި ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި ރަސްކަލާނގެއެވެ. އަދި އިރުއަރާ ތަންތަނުގެ ވެރި ރަސްކަލާނގެއެވެ. (٦) ހަމަކަށަވަރުން، ތަރިތަކުގެ ޒީނަތުން، ތިމަންރަސްކަލާނގެ ދުނިޔޭގެ އުޑު ޒީނަތްތެރިކުރެއްވީމެވެ. (٧) އަދި ނުކިޔަމަންތެރި ކޮންމެ ޝައިޠާނެއްގެ ކިބައިން (އެ އުޑު) ރައްކާތެރިކުރެއްވީމެވެ. (٨) މަތިވެރިވެގެންވާ މަލާއިކަތުންގެ ޖަމާޢަތުގެ ވާހަކަތަކަށް، އެ ޝައިޠާނުންނަކަށް ކަނުނުލެވޭނެއެވެ. އަދި ހުރިހާ ފަރާތަކުން، އެ ޝައިޠާނުންނާ ދިމާޔަށް (ގިނިހިލަ) އުކޭނެއެވެ. (٩) (އެއީ އެތަނުން) އެ ޝައިޠާނުން ފައްސައިލުމަށެވެ... (١٠) ޖިންނިއެއް (މަލާއިކަތުންގެ ވާހަކަތަކުން) ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް، ވަގަށް އަހައިގެން ގެންދިޔަ މީހަކު މެނުވީއެވެ. ފަހެ، (އެހިނދު) އަލިކަންގަދަ ގިނިހިލައެއް އެ ޝައިޠާނާގެ ފަހަތުން ދެއެވެ.
Reference: ސޫރަތުއް ޞާއްފާތު 37: 1-10