Loading...
Language: Dhivehi
لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴿٢١﴾ هُوَ اللَّـهُ الَّذِي لَا إِلَـٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَـٰنُ الرَّحِيمُ ﴿٢٢﴾ هُوَ اللَّـهُ الَّذِي لَا إِلَـٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّـهِ عَمَّا يُشْرِكُونَ ﴿٢٣﴾ هُوَ اللَّـهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ ﴿٢٤﴾
ލައު އަންޒަލްނާ ހާޛަލް ޤުރްއާނަ ޢަލާ ޖަބަލިން...
(٢١) މި ޤުރުއާން، ފަރުބަދައެއްގެ މައްޗަށް ތިމަންރަސްކަލާނގެ ބާވައިލެއްވިނަމަ، ﷲ އަށް ބިރުވެތިވުމުގެ ސަބަބުން، އެ ފަރުބަދަ މަޑުމޮޅިވެ، ކުދިކުދިވެގެންދާތީ، ކަލޭގެފާނަށް ފެނިވަޑައިގަތީސްކަން ކަށަވަރެވެ... (٢٢) އެކަލާނގެއީ ﷲ އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާ ރަސްކަލާނގެއެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ... (٢٤) އެކަލާނގެއީ ﷲ އެވެ. (އެއްވެސް ނަމޫނާއަކާ ނުލައި) އުފައްދަވާ ރަސްކަލާނގެއެވެ. (ނުވަތަ މިންވަރުކުރައްވާ ރަސްކަލާނގެއެވެ.) ދިރުމެއްނެތިި އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަ ކުރައްވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ...
Reference: ސޫރަތުލް ޙަޝްރު 59: 21-24