Loading...
Language: Dhivehi
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
ބިސްމިﷲއްރަޙްމާނިއްރަޙީމް. ޤުލް ހުވަﷲު އަޙަދު...
ﷲ ގެ އިސްމުފުޅުން (ފަށަމެވެ)؛ މާތް ﷲ އީ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (١) ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. (٢) ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެކަލާނގެ އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (٣) އެކަލާނގެއަކަށް (ދަރިކަލަކު) ލިބިވޮޑިގެނެއްނުވެއެވެ. އަދި އެކަލާނގެ (އެއްވެސް ފަރާތަކުން) އުފަންވެވޮޑިގެނެއްނުވެއެވެ. (٤) އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެއެވެ.
Reference: ސޫރަތުލް އިޚްލާޞް 112