Loading...
Language: Dhivehi
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوْذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
ބިސްމިﷲއްރަޙްމާނިއްރަޙީމް. ޤުލް އަޢޫޛު ބިރައްބިއްނާސް...
ﷲ ގެ އިސްމުފުޅުން (ފަށަމެވެ)؛ މާތް ﷲ އީ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (١) ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ. (٢) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. (٣) މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއެވެ. (٤) ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (٥) އެކަލޭގެއީ، މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ކަލޭގެއެވެ. (٦) ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންނެވެ.
Reference: ސޫރަތުއް ނާސް 114