Loading...
Language: Dhivehi
ރަސޫލާ (ﷺ) އަށް މީހަކު ކިޔަނިކޮށް އިވިވަޑައިގެންނެވިއެވެ -
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ اَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِيْ لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
އލލްލަހުމްމަ އިިންނިޔ އަސްއަލުކަ ބިއަންނިޔ އަޝްހަދު އަންނަކަ އަންތަ އލލްލަހު ލއަ އިިލަހަ އިިލއްއަ އަންތަ އލއަޙަދު އލޞްޞަމަދު އލްލަޛިޔ ލަމް ޔަލިދް ވަލަމް ޔުވލަދް ވަލަމް ޔަކުން ލަހު ކުފުވއަން އަޙަދުން
އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އެއީ ހަމަކަށަވަރުން އިބަރަސްކަލާނގެއީ ﷲ ކަމަށް މިއަޅާ ހެކިވަމެވެ. އިބަރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެއީ އެއްކައުވަންތަ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް ދަރިކަލަކު ލިބިވޮޑިގެންނުވެއެވެ. އަދި އެކަލާނގެ އުފެދިވޮޑިގެންނުވެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ ހަމައެކަކުވެސް ނުވެއެވެ. ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން އޭނާ ﷲ ގެ ޙަޟްރަތުގައި ދުޢާ އެކުރީ އެކަލާނގެ އެންމެ މަތިވެރި އިސްމުފުޅުންނެވެ. އެ އިސްމުފުޅުން ދުޢާކޮށްފިނަމަ އިޖާބަކުރައްވައެވެ. އަދި އެ އިސްމުފުޅުން ކަމަކަށް އެދިއްޖެނަމަ އެކަމެއް ދެއްވައެވެ."
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 1493