Loading...
Language: Dhivehi
وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ ﴿١٦﴾ وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ ﴿١٧﴾ إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ ﴿١٨﴾
ވަ ލަޤަދް ޖަޢަލްނާ ފިއްސަމާއ ރްބޫޖަން...
(١٦) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުގައި ބުރުޖުތައް ލެއްވީމެވެ. އަދި ބަލާ މީހުންނަށްޓަކައި، އެ އުޑު ޒީނަތްތެރިކުރެއްވީމެވެ. (١٧) އަދި ރަޙްމަތުން ބޭރުކުރައްވާފައިވާ ކޮންމެ ޝައިޠާނެއްގެ ކިބައިން، ތިމަންރަސްކަލާނގެ އެ އުޑު ރައްކާތެރިކުރެއްވީމެވެ. (١٨) ނަމަވެސް (މަލާއިކަތުން ދައްކަވާ ވާހަކަ) ވަގަށް އަޑުއަހާ ޝައިޠާނާ މެނުވީއެވެ. ފަހެ، (އެހިނދު) ފާޅުވެގެންވާ ގިނިހިލައެއް އެ ޝައިޠާނާގެ ފަހަތުން ދެއެވެ.
Reference: ސޫރަތުލް ޙިޖްރު 15: 16-18