Loading...
Language: Dhivehi
هَـٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ ۖ فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ ﴿١٩﴾ يُصْهَرُ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ ﴿٢٠﴾ وَلَهُم مَّقَامِعُ مِنْ حَدِيدٍ ﴿٢١﴾ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ ﴿٢٢﴾
ހާޛާނި ޚަޞްމާނިޚްތަޞަމޫ ފީ ރައްބިހިމް...
(١٩) މި ދެބައިމީހުންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ޚުޞޫމަތްތެރިވި ދެބައިމީހުންނެވެ. ފަހެ، ކާފިރުވި މީހުންނަށްޓަކައި، އަލިފާނުގެ ފޭރާމެއް ކަނޑައިލައްވާފައިވެއެވެ. އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކި ހުންނަ ހޫނު ފެން އޮއްސަވާނެއެވެ. (٢٠) އެއިން، އެއުރެންގެ ބަނޑުތަކުގައި ވާހާ އެއްޗަކާއި، ހަންތައް ވިރުވައިލައްވާނެއެވެ. (٢١) އަދި އެއުރެންނަށްޓަކައި (ތަޅައި ވޭންދެނިވި) ދަގަނޑު މުގުރުތައް ވެއެވެ. (٢٢) އެއުރެން އެ ނަރަކައިގެ ވޭނުން ސަލާމަތްވެގެން ނުކުންނަން އުޅެފި ކޮންމެ ހިނދެއްގައި، އެ ނަރަކައަށް އަލުން ރައްދުކުރައްވާނެއެވެ. އަދި (އެއުރެންނަށް އަންގަވާނެއެވެ.) އަނދައި ވިރުވާލާ ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
Reference: ސޫރަތުލް ޙައްޖު 22: 19-22