Loading...
Language: Dhivehi
إِنَّ شَجَرَتَ الزَّقُّومِ ﴿٤٣﴾ طَعَامُ الْأَثِيمِ ﴿٤٤﴾ كَالْمُهْلِ يَغْلِي فِي الْبُطُونِ ﴿٤٥﴾ كَغَلْيِ الْحَمِيمِ ﴿٤٦﴾ خُذُوهُ فَاعْتِلُوهُ إِلَىٰ سَوَاءِ الْجَحِيمِ ﴿٤٧﴾ ثُمَّ صُبُّوا فَوْقَ رَأْسِهِ مِنْ عَذَابِ الْحَمِيمِ ﴿٤٨﴾ ذُقْ إِنَّكَ أَنتَ الْعَزِيزُ الْكَرِيمُ ﴿٤٩﴾ إِنَّ هَـٰذَا مَا كُنتُم بِهِ تَمْتَرُونَ ﴿٥٠﴾
އިންނަ ޝަޖަރަތައްޒައްޤޫމް. ޠަޢާމުލް އަޘީމް...
(٤٣) ހަމަކަށަވަރުން ޒައްޤޫމް ގަހަކީ (٤٤) ފާފަވެރިންގެ ކެއުމެކެވެ. (٤٥) ތެޔޮކުނޑި ފަދައިންނެވެ. ބަނޑުތަކުގެ ތެރޭގައި އެ ކެކޭނެއެވެ. (٤٦) ކެކިގެންވާ ހޫނު ފެން ކެކޭ ފަދައިންނެވެ. (٤٧) [މަލާއިކަތުންނަށް އަންގަވާނެއެވެ.] އެމީހާ ހިިފާށެވެ! އަދި ނަރަކައިގެ މެދަށް އެމީހާ ގަންނަވައި ގެންދާށެވެ! (٤٨) ދެން އެމީހާގެ ބޮލަށް ކެކިކެކި ހުންނަ ހޫނު ފެނުގެ ޢަޛާބު އޮއްސާށެވެ! (٤٩) [އަންގަވާނެއެވެ.] ކަލޭ ރަހަދެކޭށެވެ! ހަމަކަށަވަރުން ކަލޭ ތިޔައީ (ކަލޭގެ ގާތުގައި) ޢިއްޒަތްތެރި، މާތް މީހާއެވެ. (٥٠) ހަމަކަށަވަރުން މިއީ ތިޔަބައިމީހުން އެކަމާމެދު ޝައްކުކޮށް އުޅުނު ކަންތަކެވެ.
Reference: ސޫރަތުއް ދުޚާން 44: 43-50