Loading...
Language: Dhivehi
وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ ﴿٧﴾ يَسْمَعُ آيَاتِ اللَّـهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴿٨﴾
ވައިލުއްލިކުއްލި އައްފާކިން އަޘީމް...
(٧) ކޮންމެ ހަދައިހަދައިގެން ދޮގުހަދާ ފާފަވެރިޔަކަށް ގެއްލުމާއި ހަލާކުހުއްޓެވެ. (٨) އެމީހާގެ މައްޗަށް ކިޔަވައިވިދާޅުވެވޭ ﷲ ގެ އާޔަތްތައް އޭނާ އަހައެވެ. ދެން އެ އާޔަތްތައް ނީވޭ މީހަކު ފަދައިން، ބޮޑާވެގަންނަ ޙާލު، (ކުފުރުގެ މަތީގައި) ދެމިހުރެއެވެ. ފަހެ، ވޭންދެނިވި ޢަޛާބު ލިބޭނެކަމުގެ ޚަބަރު ކަލޭގެފާނު އެމީހާ އަށް ދެއްވާށެވެ.
Reference: ސޫރަތުލް ޖާޘިޔާ 45: 7-8