Loading...
Language: Dhivehi
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
ރައްބަނާ ލާ ތުއާޚިޛްނާ އިން ނަސީނާ...
އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ އަޅަމެންނަށް ކުށެއް ކުރެވިއްޖެނަމަ، އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އަޅަމެންގެ ކުރިން އުޅުނު މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަ ކަމެއް އަޅަމެންނަށް އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާ ކަމެއް އަޅަމެންގެ މައްޗަށް ނުޖައްސަވާނދޭވެ! އަދި އަޅަމެންނަށް ޢަފޫކުރައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފަރުވެގެންވާ ޤައުމުގެ މީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!
Reference: ސޫރަތުލް ބަޤަރާ 2:286