Loading...
Language: Dhivehi
އިބްނު ޢައްބާސް (ރ.ޢ) ރިވާކުރެއްވިއެވެ: ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "އެހެން އެއްވެސް ދުވަސްވަރެއްގައި ކުރާ ހެޔޮ ޢަމަލަށްވުރެ، މި ދުވަސްތަކުގައި (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު) ކުރާ ހެޔޮ ޢަމަލު، ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑެވެ." ޞަޙާބީން ދެންނެވިއެވެ: "ޖިހާދު ކުރުމަށްވުރެ ވެސް ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "އާދޭހެވެ! ޖިހާދު ކުރުމަށްވުރެ ވެސް މެއެވެ. މީހަކު އޭނާގެ ނަފްސާއި މުދަލާއެކު ނުކުމެ، އޭގެން އެއްވެސް އެއްޗެއް ގެނެސްނުގަތް (ޝަހީދުވި) މީހަކު މެނުވީއެވެ."
Reference: ބުޚާރީ: 969