Loading...
Language: Dhivehi
އުއްމު ދަރްދާ (ރ.ޢ) ޞަފްވާން (ރ.ޢ) ގެ ގާތު ވިދާޅުވިއެވެ: "ކަލޭގެފާނު މި އަހަރު ޙައްޖަށް ވަޑައިގަންނަވަން ޤަސްތުކުރައްވަން ހެއްޔެވެ؟" ތިމަން ދެންނެވީމެވެ: "އާދޭހެވެ." އެކަމަނާ ވިދާޅުވިއެވެ: "އަހަރެމެންނަށް ހެޔޮ ދުޢާ ކޮށްދެއްވައްޗެވެ. އެހެނީ ރަސޫލާ (ﷺ) ޙަދީޘްކުރައްވަނިކޮށް އެކަމަނާ އަޑުއެއްސެވީމެވެ: މުސްލިމަކު އޭނާގެ އަޚާއަށް ނުފެނި (ޣައިބުގައި) ކުރާ ދުޢާއަކީ އިޖާބަ ކުރެއްވޭނެ ދުޢާއެކެވެ. އޭނާގެ ބޯ ލާހިކު ހުންނަވާ މަލާއިކަތް ބޭކަލަކު، އޭނާ، އޭނާގެ އަޚާއަށް ހެޔޮ ދުޢާއެއް ކޮށްފި ކޮންމެ ހިނދަކު ވިދާޅުވެއެވެ: 'އާމީން! އަދި ކަލޭގެފާނަށްވެސް ހަމަ އެފަދައިން ލައްވާށިއެވެ!'."
Reference: މުސްލިމް: 2733